ދުސްތޫރުން ބޭރުން ކެބިނެޓް ހިންގާތާ ތިން އަހަރު ވެފައިވާ ކަމަށް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސާލިގެ ތިން އަހަރަކީ ޖުމްހޫރީ ތާރީހްގައި މިނިވަންކަމަށް އެންމެ ނުރައްކާތެރިވި ތިން އަހަރު ކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ އިގްތިސާދުގެ އޭބީސީޑީ ނޭނގި ހިންގާތާ ވެސް ތިން އަހަރު ވެފައިވާ ކަމަށެވެ. އަދި ކޯލިޝަން ވެރިންނަށް ސަރުކާރުގެ ގޯސްތައް ނުފެންނަ އިރު މިއީ ކުޅުންތެރިން ހަދާ ގޯސްތަކަށް ފޯކަސްކުރާ ޖޯކަރުން ތިބި ތިން އަހަރު ކަމަށް ވެސް ޑރ.ޖަމީލްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލް ވަނީ ނިމުނު ތިން އަހަރުގައި ތަރައްގީގެ އެންމެ ގަލެއްވެސް ނުބޭއްވޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑިވިދާޅުވެފައެވެ.
+1
+1
+1
1
+1
+1
1
+1