އިންޑިއާގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ގެ ކައިވެނީގެ ފޮޓޯތައް ފުރަތަމަ ފަހަރަށް މީޑިއާ އަށް ދޫކޮށްލައިފިއެވެ.
ކެޓްރީނާގެ އިންސްޓަރ ގްރާމް އެކައުންޓުން މި ފޮޓޯތައް ހިއްސާ ކުރި އިރު ފެންނަނީ ވަރަށްވެސް ހިތްގައިމު ކޮށެވެ. ވަރަށް ސިއްރުން މި ދެ ތަރިން ކައިވެނީގެ ހަފުލާ ނިންމާލި އިރު ދައުވަތު ދީގެން އެ ހަފުލާއަށް ގެންދިޔަ މީޙުންނަށް ހަފުލާ އޮތް މާލަމަށް ފޯނު ވެއްދުމަށްވެސް ވަނީ މަނާކޮށްފައެވެ.
މި ދެތަރިން ކައިވެނިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ރާޖަސްތާންގައި ހުންނަ ހޮޓެކް ސިކްސް ސެންސަސް ފޯރޓް ބާވަރާގައެވެ. މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ މި ދެ ތަރިންގެ އާއިލާގެ މެމްބަރުން އެ ހޮޓަލަށް އަންނަން ފަށާފައެވެ.
މި ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރަމުން ކެޓް ބުނެފައިވަނީ ކައިވެނީގެ ގުޅުމުން ގުޅެން ޖެހުނު ސަބަބަކީ ދެ ހިތުގައި އޮތް ލޯބި ކަމަށެވެ.