ބޮލީވުޑް އެކްޓަރު ވިކީ ކައުޝާލް އާއި ބަތަލާ ކެޓްރީނާ ކެއިފް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް ދެތަރިންކުރެއް އެއްވެސް ތަރިއަކު މިވާހަކަ މީޑިއާގައި ހިއްސާކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް އެކްޓަރު ހަރްޝް ވަރްދަން ވަނީ މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ޒޫމްގެ "ބައި އިންވައިޓް އޮންލީ" ޝޯގައި ތުންތުން މަތިން ދެކެވޭ ވާހަކައެއްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް އެދުމުން އޭނާ ބުނީ ވިކީއާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ.
ހަރްޝް ބުނީ ފަހަރުގައި އެވާހަކަ މީޑިއާގައި ހިއްސާ ކުރުމުން މައްސަލައެއް ނިކުމެދާނެ ކަމަށާއި އެހެންނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ދެމީހުންވެސް ވަރަށް ފާޅުގައި ގުޅުން ހިއްސާ ކުރާ ކަމަށެވެ.
ހަރްޝްގެ ދައްތަ ސޯނަމް ކަޕޫރާއި ކެޓްރީނާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެހެންވި ކެޓްރީނާގެ ލޯބީގެ ގުޅުމުގެ ވާހަކަ އޭނާ ހިއްސާކުރީ ޖެހިލުންވެ ހުރެ އެވެ.
ވިކީއާއި ކެޓްރީނާއާ ދެމީހުން އެކަކު އަނެކަކަށް ކަމުދާކަން ހާމަކުރީ މިދިޔަ 2019 ވަނަ އަހަރު "ކޮވީ ވިތު ކަރަން" ޝޯގަ އެވެ. އޭގެ ފަހުން ދެމީހުންގެ ގުޅުމުގެ ވާހަކަ މީޑިއާއަށް ތިލަވި އެވެ.
ވިކީއާއި ކެޓްރީނާއަކީވެސް މިވަގުތު ބޮލީވުޑްގައި އެންމެ ޑިމާންޑިން ދެތަރިންނެވެ. ދެތަރިންގެ ސުޕަހީރޯ ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެގޮތުން ކެޓްރީނާ ސުޕަހީރޯއެއްގެ ރޯލުން ފެންނާނީ އަލީ އައްބާސް ޒަފަރުގެ ފިލްމަކުންނެވެ. އަދި ވިކީ ސުޕަހީރޯއެއްގެ ރޯލުން ފެންނާނީ "އަޝްވައްތަމާ: ދަ އިމޯޓަލް" އިންނެވެ.
+1
+1
+1
+1
+1
+1