ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އުރީދޫއަކީ މިއަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުކަން މިއަދު އިއުލާން ކޮށްފައިވާ އިރު، އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ހުސެއިން ނިޔާޒެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާއެވެ. އެއްބަސްވުމާއެކު އުރީދޫން ބުނީ ގޯލްޑަން ފުޓްސަލް…