މާދަމާ މަޖިލިސް ހުޅުވާތީ މިރޭ ފަތިހުން ފެށިގެން އެތާ ކައިރީ މަގުތައް ބަންދު!
ރައްޔިތުންގެ މަޖިލިސް މާދަމާ ހެނދުނު ހުޅުވާތީ މިރޭ ފަތިހުން ފެށިގެން މަޖިލިސް ކައިރީ މަގުތައް ބަންދު ކުރަން ފުލުހުން ނިންމައިފިއެވެ. މާދަމާ މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާ ފަށަނީ ހެނދުނު 9:00 ގަ އެވެ. ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މަޖިލީސް ކުރާގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ރައްޔިތުން މަޖިލިސްގެ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެސަރަޙައްދުގައި ހިމެނޭ މަގުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށާއި…