ބީއެމްއެލް އިސްލާމިކުން މާސްޓާކާޑް ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފި
ބީއެމްއެލް އިސްލާމިކުން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އާ ޕޭމަންޓް ސޮލިއުންޝަނެއްގެ ގޮތުގައި މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފިއެވެ. ބީއެމްއެލުން ބުނީ އަލަށް ތައާރަފު ކުރި ކާޑުން ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، އަލަށް ތައާރަފުކުރި މާސްޓާކާޑު، ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް…