މެންބަރު ޒަރީރަށް ދިން ހަމަލާ މަޖިލީހުން ކުށްވެރިކޮށްފި
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރު ޒަރީރަށް ދިން ހަމަލާ ހަރުކަށި އިބާރާތުުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުރިހަމަ ތަހުގީގެއް ހިންގުމަށް މަޖިލީހުން ވަނީ ގޮވާލާފައެވެ. ފުލުހުން ބުނީ ޒަރީރަށް ހަމަލާދިނީ ގްރޫޕަކުން ގޮސް ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުން ކަމަށާއި އޭނާއަށް…