ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް އާއްމުކޮށްފި
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ. އާއްމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު އެކި ޕްލޭޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އޭގެތެރޭގައި ހިމެނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ. ޒަކާތު ހައުސްއިން މިހާރު ވަނީ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް އާއްމުކޮށްފައެވެ. ފިޠުރުޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް - ބަނޑޭރި ޕޭ…