ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ބޮޑެތި ކުށްތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނަލްތަކެއް ހަދައިގެން ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުން ހައްޔަރުކުރި މީހާއަކީ ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރި ޓެކްސީއެއްގެ ޑްރައިވަރެކެވެ. ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި މީގެ ކުރިން ދެމަފިރިން ހައްޔަރުކޮށްފަ އެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި…