ރައީސް މުއިއްޒު މާދަމާ ބާބުޑާ ފުރާވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓިއުގާ އެންޑް ބާބިއުޑާއަށް މާދަމާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ހަތަރު ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންފަރެންސްގެ ދައުވަތު ރައީސް މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގެ ހަވާސާގައި…