މިއަންނަ އީދު ދުވަހު ވެސް ހަވީރު 4 އިން 6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ
އަންނަ އާދިއްތަ ދުވަސް ކަމަށްވާ އަޟްޙާ އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފި އެވެ. މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވަނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށެވެ. ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް…