އަންނަ އާދިއްތަ ދުވަސް ކަމަށްވާ އަޟްޙާ އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފި އެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވަނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށެވެ.
ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާތައް ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށެވެ.
- 14 ޖޫން 2024، ހުކުރު ( މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00)
- 15 ޖޫން 2024 ، ހޮނިހިރު (ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް )
ސިޓީ ކައުންސިލުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
+1
+1
+1
+1
+1
+1