ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ފުރަން އުޅުނު ބިދޭސީއަކު ހުއްޓުވައިފި
ރާއްޖެއިން ބަންގްލަދޭޝްއަށް ފުރަން ގޮސް ހުރި ބިދޭސީއަކު ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާ އެކު އަތުލައިގެންފި އެެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަރަކާތްތެރިވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ މިއަދު ޔޫއެސް ބަންގްލާ އެއާލައިންސް (BS338) އިން މާލެއިން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަން ގޮސްހުރި ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 އެމެރިކާ ޑޮލަރު އަތުލައިގަތީ އެ ކޮމާންޑްގެ ސްކްރީނިން ޓީމުން ކަމަށެވެ. މި މީހާ ގެންގުޅުނު ޑޮލަރުތައް…