މަޖީދިއްޔާގެ ޕްރިންސިޕަލާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން ގޮވާލައި އެޑިޔުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއަށް ބެލެނިވެރިންގެ ފަރާތުން ފޮނުވާފައިވާ ޕެޓިޝަންގައި 35 ކަމެއް ފާހަގަކޮށްފައިވެ އެވެ. ޕެޓިޝަނުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ބެލެނިވެރިންނާއި މެޖޭމަންޓާ އޮންނަންޖެހޭ ގުޅުން ނެތުމާއި، ދަރިވަރުންނާއި ޓީޗަރުން ތަފާތު ކުރުމާއި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތުމާއި، ދަރިވަރުންނަށް ހޯދައިދޭންޖެހޭ ފުރުސަތުތައް ހޯދައިނުދިނުމާއި، ވެރިންގެ ނާގާބިލް…