މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ވަގުތީގޮތުން ކަރަންޓް ކަނޑިދާނެ ކަމަށް ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން މާލެ ސިޓީގެ މާވެޔޮ މަގު އަދި ޖަވާހިރު ގޯޅި ހިމެނޭ ސަރަހައްދުން މާދަމާ (19 ސެޕްޓެންބަރު 2024) ހެނދުނު 09:30 އިން 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދާނެއެވެ. ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތަކީ…