ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ރާއްޖެއައި އެއާކާގޯ ޝިޕްމަންޓަކާއި، އިއްޔެ ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލު ކުރުމުން ފުރަތަމަ މަރުހަލާގައި މިތަކެތި ތިން ބާވަތަކަށް ޕޮޒިޓިވްވި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
އަތުލައިގެން މަސްތުވާތަކެތީގެ ތަފްސީލް
ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
+1
+1
+1
+1
+1
+1