ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލު ކޮމިޓީއަށް
ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށައެޅި ބިލްތައް މަޖިލީހަށް ބަލައިގެންފި އެވެ. މި ދެ ބިލު ވެސް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާކުރަން މިއަދު ވަނީ ފޮނުވާފަ އެވެ. ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާއިރު، އެކަމާ ގުޅޭ އިސްލާހުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ…