ޑިވެލޮޕްމަންޓް ބޭންކަށް މި ހަފުތާގައި ހުއްދަ ދެނީ
ރާއްޖޭގައި އަލަށް އުފައްދަން ނިންމި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް) އަށް މި ހަފުތާ ތެރޭގައި ލައިސަންސް ދޫކުރާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މުނައްވަރު ވިދާޅުވީ ލައިސަންސް ދިނުމަށް ކުރަން ޖެހޭ ދިރާސާތައް ނިމި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން ލައިސަންސް ދޫކުރަން ފާސްކޮށްފައިވާ ކަމަށެވެ. އެހެންވެ މި ހަފުތާ ނިމުމުގެ ކުރިން މި ހަފުތާ ލައިސަންސް ދޫކުރެވި، ވަރަށް އަވަހަށް ބޭންކުގެ…