ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ނެތް: ޕޮލިސް
ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ މަނިކު މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައި މިވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގެ ބައެއް މީހުން ތުހުމަތުތަކެއްކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ. ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލަ ރިޕޯޓް ކުރި ވަގުތުން ފެށިގެން…