އަނދާ ހުލިވި އޮފީސްތައް ދަރުބާރުގެއަށް
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާގެ އޮފީސްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ. މީގެއިތުރުން، އިމާރާތާ އިންވެގެންވާ ގްރީން ބިލްޑިންގގައި ހިންގަމުންދިޔަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް…