ރާއްޖޭގައި ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖޭގައި ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފުލުހުންނާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހިފާ ހައްޔަރުކުރެވިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށާއި، އެ މީހުން ޑީޕޯޓުކޮށްލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މިތިން މީހުން ހައްޔަރުކޮށްފައިވާ އިރު، ހިންދޫ ދީނުގެ ފާދިރީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދެމުންދާ ކަމަށް…