ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ވިޔަފާރި ކުރުމަށްފަހު ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ހޯދަމުންދާ މީހާގެ ވީޑިއޯވެސް އާންމުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފަރކުރިކަމުގެ ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ކަމަށާއި، އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ…