އަބްދުއްރަހީމް މާލެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ. އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ރައީސް އަދި މަތިގެ ކަމަށްވާ ރާޖްޔަ ސަބާގެ ޗެއާމަންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުނު މި ދަތުރުފުޅުގައި އަބްދުއްރަހީމް ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް…