ދަނޑުވެރިކަމުގައި ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަޝްރޫޢުތަކެއް ދަނީ ރާވަމުން: މިނިސްޓަރ
ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނަކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ގދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން، އެއަތޮޅުގެ ބައެއް ޒުވާން ދަނޑުވެރިންނާއި ބައްދަލު ކުރެއްވުމަށް ފަހުގައެވެ. މިނިސްޓަރ ވަނީ މިހާރަކަށް އައިސް ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުން ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. ދަނޑުވެރިކަމަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި ޤައުމުގެ ކާބޯތަކެތީގެ…