ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ޤާނޫނު ތަސްދީޤު ނުކުރުމަށް ފަސް ޖަމިއްޔާއަކުން ގޮވާލައިފި
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން، ފަސް ފަނޑިޔާރުންނަށް މަދުކުރާ ޤާނޫނު ތަސްދީޤު ނުކުރެއްވުމަށް ރާއްޖޭގެ ފަސް ޖަމިއްޔާއަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައިފިއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ގުޅިގެން ނެރުނު ބަޔާނެއްގައި މި ގޮވާލުން ވަނީ ކޮށްފައެވެ. ޖަމިއްޔާތަކުން ބުނެފައިވަނީ، މި ކަމަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަ ޗެކް އެންޑް ބެލެންސްގެ ދުސްތޫރީ…