ޖުޑީޝަލް ސާރވިސް ކޮމިޝަން ( ޖޭއެސްސީ ) ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އެޓާރނީ ޖެނެރަލް އަލްއުސަތާޛު އަހްމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވި ކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އެމަނިކުފާނު ގެ އިތުރުން އެ ކޮމެޓީގައި ތިއްބެވީ ޖޭއެސްސީގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު ޔަޒްމީދު މުހައްމަދު އާއި ވަކީލުންގެ ތެރެއިން އައްޔަންކުރައްވާފައިވާ އަލީ އަބުދުއް ލަތީފްއެވެ.
އޭޖީ އުޝާމް އެ ކޮމެޓީން އިސްތިއުފާ ދެއްވާފައި މިވަނީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒުމިރަލްދާ ޒާހިރު ޖޭއެސްސީއަށް ސިޓީ އެއް ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އޭނާގެ މައްސަލަ ބަލާ ކޮމެޓީގައި އޭޓާރނީ ޖެނެރަލް ހުންނަވާއިރު، އެމަނިކުފާނުގެ މަސައްލަހަތު އެ މައްސަލައިގައި ހިމެނޭ ކަމަށެވެ.
އެ ސިޓީއާއި އެކު ފަނޑިޔާރު ގެ ކަންބޮޑުވުން އޮތުމުން އިސްތިޢުފާ ދެއްވީ ކަމަށް މައުލޫމާތު ލިބެއެވެ.
އެކޮމެޓީގައި މިހާރު އުޝާމްގެ ބަދަލުގައި ހުންނަވާނީ އެކޮމިޝަންގެ މެމްބަރު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަހްމަދު ނާސިހް އެވެ.