ފަލަސްތީން ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ކުށްވެރިކުރައްވައިފިއެވެ. މިނިސްޓަރ އެކަން ކުށްވެރިކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި، ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައެވެ. އޯއައިސީން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދާ އެކްސްޓްރާ އޯޑިނަރީ ސެޝަނަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން…