ތިން ގައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރަން ރުހުން ދީފި
ދިވެހިރާއްޖެއިން ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލެންޑަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކަށް ރުހުން ދީފިއެވެ. މިގޮތުން ފިލިޕީންސަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ މިހާރު މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރްޔަމް ޝަބީނާ އަޙްމަދުގެ ނަމެވެ. މީގެ އިތުރުން، ރައީސް ވަނީ ސްޕެއިނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަން އަދި…