އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތެރީންނަށް ރައީސްގެ ޝުކުރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިމިގްރޭޝަންގައި މަސައްކަތްކުރައްވާ އެންމެހައި ޚިދުމަތްތެރީންނަށް މަރުޙަބާއާއި ޝުކުރު ދަންނަވައިފިއެވެ. ރައީސް މިފަދައިން ޝުކުރު ދެންނެވީ އިމިގްރޭޝަނަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވަނީ އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، މި ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގައި އިމިގްރޭޝަންގެ…