ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:45 އިން މެންދުރު ފަހު 15:30 އަށެވެ. މެޓުން ބުނީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން މީގެ ކުރިން ވަނީ މި…