އައްޑޫގައި ޤާއިމްކުރާ ފުލުހުންގެ ސަރަހައްދީ ހެޑްކުއާޓަރުގައި މޭވާ ގަސް އިންދައިފި
އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑްކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި، އައްޑޫ ސިޓީގައި މަސައްކަތްކުރާ އެހެނިހެން ފުލުހުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޭވާ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ…