މާލޭގައި ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ 15 ދުވަހަށް ބަންދަށް
މާލޭގެ އިރަމާމަގުގައި ހުރި ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލުމުގެ މައްސަލައިގައި މ. ސްޓާ، މުހައްމަދު ރަޒީން ކޯޓު އަމުރަކާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި، ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަޒީން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:56 ހާއިރުގައި ކަމަށާއި، އެކަން ފުލުހުންނަށް ރިޕޯޓުކުރެވުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ރަޒީން ހައްޔަރުކުރީ އިއްޔެއެވެ. ސޯޝަލް މީޑިއާގައި ފެތުރިފައިވާ…