ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ "ބްރިލިއަންޓް ކެރިއާ" ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާ ކަމަށް ކޯސްޓް ގާޑުން މައުލޫމާތު ދީފައިވާ ކަމަށާއި އޭގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ދޯނި ގެއްލުނީ އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު ގައްދޫން ހުޅުމާލެ އަށް ދަތުރު ކުރަނިކޮށެވެ.
ދޯނި ފެނުނީ ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވަ އެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު އޮތީ ހުއްޓިފަ އެވެ.
ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
+1
+1
+1
+1
+1
+1