ޔުމްނު ވެއްޓުމާ ގުޅޭ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޕޯޓަލްއެއް ތަޢާރަފުކޮށްފި
މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ. ރިޔާސީ ކޮމިޝަނުން މިއަދު ވަނީ "އެކްސް" ގައި އެކައުންޓެއް ހުޅުވައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. ކޮމިޝަނުން ވަނީ 18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް،…