އޮސްޓްރޭލިއާގެ އެމްބަސީއެެއް ރާއްޖޭގައި ހުޅުވައިފި
ރާއްޖޭގައި އޮސްޓްރޭލިއާގެ އެމްބަސީއެއް ހުޅުވައިފި އެވެ. އެ އެމްބަސީ ގާއިމުކޮށްފައި ވަނީ މާލޭގެ ހޮޓަލެއް ކަމަށްވާ ހޮޓެލް ޖެން ގަ އެވެ. އިއްޔެ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އެ ރަސްމިއްޔާތުގައި އޮސްޓްރެލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ، އެއް ގައުމަށް އަނެއް ގައުމަށް އިޙުތިރާމު ކުރުމުގެ…