ރާއްޖޭގެ މޫސުން ރަނގަޅުވާނީ އަންނަ އަންގާރައިން ފެށިގެން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާނީ އަންނަ އަންގާރައިގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންމިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އަލިވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސަމަށް ބަލާއިރު، އުތުރާއި…