އިސްރާއީލުން ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓުވުމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން އިރާގަށް ގޮވާލައްވައިފި އެވެ.
އީރާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝާއްޔާ އަލް ސޫދާނީއާ މިއަދު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުތަކުގައި އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް ހަމަލާތައް ދިނުން ހުއްޓުވުމަށް އިރާގުގެ ރައީސް އިރާގަށް ގޮވާލައްވައިފައިވާ ކަމަށެވެ.
އިރާގު އޮތީ އިސްރާއީލާއި އީރާނާ ދެމެދުގަ އެވެ.
"އަޅުގަނޑުމެން ހަނގުރާމަ ފެށީ ނޫން، އެކަމަކު އަޅުގަނޑުމެން ޖަވާބުދާރީވީ ނިންމާލަދޭ ގޮތަކަށް... އިޒްރޭލުން އިރާގުގެ ވައިގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުންކުރެވިގެން ނުވާނެ. އަޅުގަނޑުމެން ބާރުއަޅަނީ، އިސްލާމީ ޖުމްހޫރިއްޔާ އީރާނާ ދެކޮޅަށް އިރާގުގެ ސަރަޙައްދުގެ ބޭނުން ނަހަމަގޮތުގައި ނުހިނގާނެ ގޮތަށް، އިރާގު ސަރުކާރުން އެގައުމުގެ ބޯޑަރުތަކާއި ވައިގެ ސަރަޙައްދަށް އިތުރު ސަމާލުކަމެއްދީ ރައްކާތެރިކަން ދޭންޖެހޭނެ ކަމަށް." އީރާންގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިސްރާއީލާއި އީރާނުން ދޭ ހަމަލާތަކުގައި ދެ ގައުމުގެ މުހިންމު ސިޓީތަކަށް ހަމަލާތައް ދީފައިވާއިރު، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.