އުއްތަމަފަނޑިޔާރު މިމަހުގެ 21 ގައި ރިޓަޔާ ކުރައްވަނީ
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފި އެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހު އެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އަންނަ ހޯމަ ދުވަހު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމަށެވެ. އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު…