ނ ވިހަފަރުގައި އަންނައަހަރު އެއަރޕޯޓެއް ތަރައްޤީ ކުރަން ނިންމައިފި
ނ. އަތޮޅު ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު، އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި އިތުރު އެއާޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައެޅުއްވިއިރު، ވިހަފަރު ފަޅަކީ އޭގެ ތެރެއިން އެއް ތަނެވެ. ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ…