ކަރެކްޝަންސްގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމް ހުޅުވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް”ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ހުޅުވައިފިއެވެ. “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” ގެ ސެންޓްރަލް ސީސީޓީވީ މޮނިޓަރިންގ ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީޜު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު،…