ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް 3 މެންބަރަކު ޢައްޔަނުކުރައްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި 3 މެންބަރުންނަކީ މުޙައްމަދު ނާޞިޙާއި ޑރ. ޙުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާއެވެ. މި މެންބަރުން ޢައްޔަނުކުރެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، މި ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. މި 3 ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ…