ކަނބުލޮ"ގެ ވަދާޢީ ޝޯތައް ސެޕްޓެމްބަރ 28،29،30 ގައި!
ދިވެހި ފިލްމް "ކަނބުލޮ" އޮލިމްޕަހުގައި ހައުސްފުލް ޝޯތަކަށްފަހު ވަދާޢީ ޝޯތަކާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. މިމަހުގެ 30 ގެ ނިޔަލަށް އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ މިފިލްމް ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. މާލޭގެ އޮލިމްޕަސް ސިނަމާގައި މި ފިލްމުގެ ވަދާޢީ ޝޯތައް އަޅުވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 28، 29 އަދި 30 ގައެވެ. ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް "ކަމަނާ" އުފެއްދި ޓީމުން މިދިޔަ އޯގަސްޓް 31…