ހުޅުމާލޭގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 17:07 ހާއިރު ހުޅުމާލެ ފޭސް ދޭއް ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގި މަންޒަރު ފެނުނު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 19 އަހަރު އަންހެނަކާއި 18 އަހަރު އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
+1
+1
+1
+1
+1
+1