ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ފުނަދޫ އެއާޕޯޓު ތަރައްގީކުރަނީ
ށ. ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފި އެވެ. އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ފުނަދޫ އަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްއޭސީއެލްގެ…


