ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައިފިއެވެ. އެމްއެންޑީއެފް އިން ދެންމެ ބުނީ އެ ލޭންޑިން ކްރާފްޓް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ސަލާމަތްކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. މި ލޭންޑިންގ ކްރާފްޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް…