ޖެނެރޭޝަން ބޭންއަށް މާދަމާ އަމަލުކުރަން ފަށަނީ
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖެނެރޭޝަނަލް ބޭންގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. މި ގާނޫނަކީ ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާކުރާ ގާނޫނެކެވެ. މިއީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ގާނޫނުގެ ދަށުން، ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު…






