މަންދޫގެ އައު ފުޓްސަލް ދަނޑު ހުޅުވައިފި
އދ. މަންދޫގައި ޤާއިމްކޮށްފައިވާ އައު ފުޓްސަލް ދަނޑު މިއަދު ހުޅުވައިފިއެވެ. މި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ މަންދޫ ޒުވާނުންގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މަންދުއަށް ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސް ދިވެހިރާއްޖޭގެ ހުރިހާ މީހުން…






