ރާއްޖެ އާއި އިންޑިއާ ސިފައިން ގުޅިގެން ތަމްރީނެއް
އެމްއެންޑީއެފާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން" ގެ 14ވަނަ އެޑިޝަން، އިންޑިއާގެ ޓްރިވެންޑްރަމްގައި މިއަދު ފަށައިފި އެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯގެ 45 މެރީންސް ބައިވެރިވެ އެވެ.…


