ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ
ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ, މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ. ފުލުހުން ބުނީ ގަމު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:50 ހާއިރު ލިބުނު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާ އަދި އާންމުން ގުޅިގެން ކުރި ކަމަށެވެ. އެގޮތުން އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ހާއިރު ނިއްވާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން…









