ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ: ފަސްޓްލޭޑީ
ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރަނީ ބޮޑު އިންތިހާބެއްގެ ކެމްޕޭނުގެ ތެރޭގައި އުޅޭ ދުވަސްވަރެއްގައި ކަމުން، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ. ޕީއެންސީގެ އަންހެނުންގެ ގޮފީގެ ފަރާތުން މިރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މީހުންނަށް ފުރައްސާރަނުކޮށް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދަންޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ އަހުލާގު ރަނގަޅުކޮށް މީހުންނާއި ކުރިމަތިލާއިރު ނޫނީ މީހުންނާ ވާހަކަދައްކާއިރު އަދަބު…






